އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަން ޚާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި
ސަން
1 ފެބްރުއަރީ 2026 | އާދިއްތަ | 2:10
ކުރިއަށް އޮތް ރަމަޟާން މަހު އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަން ފަސޭހަކޮށްދިނުމަށްޓަކައި ޒަކާތު ހައުސްއިން ޚާއްސަ ޑިޖިޓަލް ޕޯޓަލެއް ތައާރަފްކޮށްފިއެވެ.
"ފިޠުރު ޕޯޓަލް"ގެ ނަމުގައި ޑިޖިޓަލް ޕޯޓަލެއް ތައާރަފްކުރުމަށްފަހު ޒަކާތު ހައުސްއިން މިއަދު ބުނީ، އެ ޕޯޓަލް ތައާރަފްކުރީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެކަން ކުރިއަށް ގެންދިއުން ކަމަށެވެ.
އެ ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުއާމަލާތްތައް ވަގުތުން ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.