އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު: މިދިޔަ އަހަރަށްވުރެ 8 ޕަސެންޓު މަދު
ސަން
1 ފެބްރުއަރީ 2026 | އާދިއްތަ | 3:05
އިންޑިއާގެ ބަޖެޓުން، އެކި ގައުމުތަކަށް ދޭ ހިލޭ އެހީގެ ދަށުން އެ ގައުމުގެ 27-2026 ޔޫނިއަން ބަޖެޓުން ޖުމްލަ 60 މިލިއަން ޑޮލަރު ރާއްޖެއަށް ދޭން ބަޖެޓުކޮށްފިއެވެ.
އިންޑިއާގެ ކުރިއަށް އޮތް މާލީ އަހަރު ކަމަށްވާ 27-2026 ބަޖެޓު މިއަދު ވަނީ އެ ގައުމުގެ ޔޫނިއަން ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އެ ގައުމުގެ 27-2026 ޔޫނިއަން ބަޖެޓު މިއަދު ހުށަހަޅައިފައިވާއިރު، ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭ މިންވަރު ވަނީ، މީގެ ކުރިން ލިބުނު ވަރާ އަޅައިބަލާއިރު އަށް ޕަސެންޓު ދަށްވެފައެވެ. އެގޮތުން މި ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ދޭނީ 550 ކްރޯޑް ރުޕީސްއެވެ. އެއީ 59.9 މިލިއަން ޑޮލަރެވެ.