އަތުން ވިޔެފައިވާ ފޭއްޔެއް ރައީސަށް ހަދިޔާ ކުރައްވައިފި

ސަން

1 ފެބްރުއަރީ 2026 | އާދިއްތަ | 4:08

އަތްތެރިމަސައްކަތުގެ ފަންނުވެރި އާމިނަތު ގުމޭރިއާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސް މުޙައްމަދު މުޢިއްޒަށް މިއަދު ހަދިޔާކުރައްވައިފިއެވެ.

މި ފޭލި އެމަނިކުފާނަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ގުމޭރިޔާ މިއަދު ހަދިޔާކުރެއްވި ދިވެހި ފޭއްޔަކީ 1932 ވަނަ އަހަރު ދިވެހިރާއްޖޭގައި ދިވެހީންގެ އާންމު ހެދުމެއްގެ ގޮތުގައި ބޭނުންކުރަމުންއައި ފޭއްޔާ އެއްގޮތަށް ތައްޔާރުކުރައްވާފައިވާ ފޭއްޔެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މައުޟޫޢުތަށް