އަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން އާއިލާއަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ހުކުމެއް
ސަން
1 ފެބްރުއަރީ 2026 | އާދިއްތަ | 5:25
އަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން، ގދ. ތިނަދޫގެ އާއިލާއަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ، ގދ. ތިނަދޫ އާއިލާއެއްގެ ހަ މީހަކު އުމްރާއަށް ދިޔުމަށް، އަސްކޮއި ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ލަނޑުދިން މައްސަލައެވެ.
އެ މައްސަލައިގައި އެ އާއިލާގެ ފަރާތުން އެ ކުންފުންޏާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދުގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާގައި އެދިފައިވަނީ އުމްރާއަށް ދިޔުމަށް އެ އާއިލާއިން ދެއްކި 155،250 ރުފިޔާއާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި ޚަރަދު އެ ކުންފުނިން ހޯދުމަށެވެ. އެއީ އެ އާއިލާ އުމްރާއަށް ނުގެންގޮސް ލަނޑުދީފައިވާތީއެވެ.