ދަރަނީގެ މައްސަލަ ސަރުކާރަށް އެކަނި ހައްލުކުރެވެން ނެތް، ދަންތުރައެއްގައި ބަނދެވިފައިވާކަން ސާފު: ނަޝީދު
ސަން
1 ފެބްރުއަރީ 2026 | އާދިއްތަ | 7:39
ރާއްޖޭގެ ދަރަނީގެ މައްސަލައަކީ ސަރުކާރަށް އެކަނި ހައްލުކުރެވެން އޮތް މައްސަލައެއް ނޫން ކަމަށާއި، ގައުމު ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައިވާކަން ސާފުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ މިހާރު ގައުމީ މައްސަލައެއް ކަމަށާއި ބޮޑު އިންޓްރެސްޓު ރޭޓުގައި ދަރަނި ނަގައިގެން، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށެވެ.
އެ ކަމުން ހާމަވަނީ ރާއްޖެ، ދަރަނީގެ ދަންތުރައިގައި ރަނގަޅަށް "ބަނދެވިފައިވާކަން" ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.