ޓްރަމްޕްގެ ކަންބޮޑުވުންތަކަށް ރައީސް: ޗާގޯސް ރާއްޖެއަށް ލިބިއްޖެނަމަ، އެމެރިކާގެ މަރުކަޒު ހިންގޭނެ ގޮތެއް ހޯދިދާނެ

ސަން

1 ފެބްރުއަރީ 2026 | އާދިއްތަ | 10:20

ރާއްޖޭގެ ދެކުނަށް އޮތް، ޗާގޯސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެ ނަމަ، އެ ސަރަހައްދުގައި އެމެރިކާއިން ހަދައިފައިވާ އަސްކަރީ މަރުކަޒު ހިންގުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އެތައް އަހަރެއް ވަންދެން އޮތް އަރައިރުންތަކަށް ފަހު މިދިޔަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުން ވަނީ އެ ސަރަހައްދު މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ.

ރާއްޖޭން ވެސް ޗާގޯސް ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، މީގެ ކުރިން އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ރައީސް މުއިއްޒު ވަނީ ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ރައީސް ވަނީ އެމެރިކާގެ ނޫހަކަށް ވެސް އެ މައްސަލައާ ގުޅޭ ގޮތުން އިންޓަވިއުއެއް ދެއްވައިފައެވެ.

މައުޟޫޢުތަށް