އިނާޒް އިސްތިއުފާ ދެއްވީ ސަރުކާރުން ޕެންޝަން އޮފީސް ތެރެއިން ''މަނީ ލޯންޑާ'' ކުރަން އުޅުމުން: ޔާމީން
ސަން
2 ފެބްރުއަރީ 2026 | ހޯމަ | 9:49
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް އިއްޔެ މަގާމުން އިސްތިއުފާ ދެއްވީ، މި ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށް މަނީ ލޯންޑާ ކުރަން އުޅޭތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން މިދިޔަ އަހަރު ވަނީ ނިންމައިފައެވެ. އެފަދައިން ނިންމި ފަހުން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އިއްޔެ އިނާޒް ވެސް ވަނީ، އެ މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް ގެއްލުން ބޮޑު ނިންމުމެއްކަމަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވައިފައެވެ.