ތިނަދޫއަށް ސިޓީގެ ދަރަޖަ އޮޅުވައިލައިގެން ދިންކަމަށް ބުނާ މައްސަލަ: "ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ލިބިއްޖެ"

ސަން

2 ފެބްރުއަރީ 2026 | ހޯމަ | 11:51

ގދ. ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާ ކަމަށާއި، އެ ކަން ކޮށްފައި އޮތީ އޮޅުވައިލައިގެންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު މިހާރު ލިބިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށު ކައުންސިލުން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކުރި ކަމަށް ތުހުމަތުކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ 11ވަނަ ދުވަހު ގދ. ގައްދޫ ކައުންސިލުން ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު "ސަން"އަށް ބުނީ މައްސަލައާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ތިން ފަހަރެއްގެ މަތިން މަޝްވަރާކޮށް، އެ އޮފީހުގެ އިރުޝާދުގެ ދަށުން ތަހުގީގުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މައުޟޫޢުތަށް