"މިހާތަނަށް ފެންވަރު ރަނގަޅު ނުކުރެވުނީ ޚިދުމަތް ދޭން ތިބި ވެރިންގެ އިޚްލާސްތެރިކަމެއް ނެތުމުން"

ސަން

2 ފެބްރުއަރީ 2026 | ހޯމަ | 1:34

ޙައްޖު ކޯޕަރޭޝަނުގެ ފެންވަރު މިހާތަނަށް ރަނގަޅުނުކުރެވިފައި އޮތީ ޚިދުމަތް ދޭންތިބި ވެރީންގެ އިޚުލާސްތެރިކަމެއް ނެތުމުންކަމަށް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދައިލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝަކީލް ވިދާޅުވީ، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ފާއިތުވި ދެ އަހަރު ޙައްޖު ކޯޕަރޭޝަނަށް އިތުރުވެފައިވާ ކަމަށެވެ. އޭނާ ވަނީ އުމްރާގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކެއް ހުރިއިރު، އަގަކަށް ބެލުމެއްނެތި ރައްޔިތުން ޙައްޖު ކޯޕަރޭޝަން އިޚްތިޔާރުކުރަނީ އެ ކުންފުނީގެ ފެންވަރު ރަނގަޅުވުމުން ކަމަށް ވިދާޅުވެފައެވެ.

ޝަކީލް ވަނީ އަގުތަކަށް ބަދަލެއް ނުގެނެސް ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅު ކުރެވިއްޖެކަން ފާހަގަކުރައްވައިފައެވެ. އަދި މިއީ ކުރީ ސަރުކާރުތަކަށް ވެސް އޮތް ފުރުސަތެއްކަން ފާހަގަކުރައްވާ ޝަކީލް ވަނީ، މިހާތަނަށް ޚިދުމަތުގެ ފެންވަރު ރަނގަޅުނުކުރެވުނީ ޚިދުމަތް ދޭންތިބި ވެރީންގެ އިޚްލާސްތެރިކަމެއް ނެތުމުންކަން ފާހަގަކުރައްވާފައެވެ.

މައުޟޫޢުތަށް