ކެނެބިސް ޓްރެފިކްކުރިކަމުގެ ތުހުމަތުގައި ޒުވާނެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ސަން

2 ފެބްރުއަރީ 2026 | ހޯމަ | 12:53

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނެއްގެ މައްޗަށް, ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރުމަށް ފުލުހުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ގަން، ތުނޑި، ޒެނިތު، ޙުސައިން ވިސާމްގެ މައްޗަށެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލައަކީ މިދިޔަ ނޮވެންބަރު 23 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް ތަހުގީގު ފެށި މައްސަލައެކެވެ.

މައުޟޫޢުތަށް