ޑިމާންޑް ބޮޑުވެ، 100 ރުފިޔާގެ އާ ސްޓޮކެއް ގެނެސްފި
ސަން
2 ފެބްރުއަރީ 2026 | ހޯމަ | 2:09
ދިވެހި ފައިސާގެ ތެރެއިން 100 ރުފިޔާގެ އާ ސްޓޮކެއް މިއަދު ގެނެސްފައިވާ ކަމަށް, މަރުކަޒީ ބޭންކް, އެމްއެމްއޭއިން މިއަދު ބުނެފިއެވެ.
އެ ބޭންކުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަން ދިހަ ފަހެއް ނޫޓް ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެފައިވާ ކަމަށެވެ.
އެހެންވެ އެކަންތައް ހައްލު ކުރުމަށްޓަކައި މިއަދު 100 ރުފިޔާގެ އާ ސްޓޮކެއް ގެނެސްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.