ޒަކާތުގެ ޤާނޫނުގެ ދަށުން ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އުފައްދައި މެންބަރުން އައްޔަންކޮށްފި

ސަން

2 ފެބްރުއަރީ 2026 | ހޯމަ | 2:48

ޒަކާތު ގާނޫނުގެ ދަށުން، 'ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ' އުފައްދައި އެ ކޮމިޓީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މެންބަރުން އައްޔަނުކުރައްވައިފިއެވެ.

ޒަކާތުގެ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ)ގައި ވަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށް ޓަކައި، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލަންޖެހޭ ކަމަށެވެ.

އަދި އެ ޤާނޫނުގެ 19ވަނަ މާއްދާގެ (ށ) އާއި (ނ)ގައިވާ ގޮތުން ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީންނެވެ. އަދި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންޖެހެއެވެ.

މައުޟޫޢުތަށް