މަނީ ލޯންޑާކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި 6 މީހުންގެ ތެރެއިން އެކެއްގެ ބަންދު އަނެއްކާ ވެސް އިތުރުކޮށްފި

ސަން

2 ފެބްރުއަރީ 2026 | ހޯމަ | 3:08

ވޯކް ޕާމިޓާއި ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާދި ކަމުގެ ތުހުމަތުގައި ބަންދުކުރި ހަ މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ ކޯޓު އަމުރުގައި ވަނީ ލައިސެންސް ނުނަގައި ވިޔަފާރިކުރުން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ، މުޙައްމަދު އިމޮން ކަޒި މިއަދުން ފެށިގެން އިތުރު 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގައިވާގޮތުން އޭނާ ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ ތުހުމަތުވާ ކުށް އޭނާ ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައި ވާތީއެވެ. އެގޮތުން ފުލުހުންގެ ބަޔާނާއި އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން، ބޭންކް ސްޓޭޓްމެންޓް ހުށަހަޅާފައި ވާކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް