އިންތިޚާބުތައް ދުރުކުރުމުގެ ވިސްނުމެއް ނެތް، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރިނަމަ މަޖިލީހުގެ މެންބަރުން އަވަހަށް ހުވާކުރާނެ: އުޝާމް

ސަން

2 ފެބްރުއަރީ 2026 | ހޯމަ | 3:10

އެއް އިރެއްގައިވެސް ދެ އިންތިޚާބު ދުރުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި، ފެހި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރަމުން އައި ނަމަ، އާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރާތާ ދެ ތިން މަހުގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރާނެ ކަމަށް، ބަންޑާރަނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމީ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ސަރުކާރުން ގަބޫލުކުރާތީ ކަމަށެވެ.

އެކަމަކު ދެ އިންތިޚާބު އެއްކޮށްލުމުގައި ގޮތް ނިންމާނީ ރައްޔިތުންކަން އުޝާމް ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް