ޑިސެމްބަރުގައި ފެމިލީ މިނިސްޓްރީއަށް ކުޑަކުދީންނާ ގުޅޭ 85 މައްސަލައެއް
ސަން
2 ފެބްރުއަރީ 2026 | ހޯމަ | 4:25
ނިމިދިޔަ ޑިސެމްބަރު މަހު ކުޑަކުދީންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 85 މައްސަލައެއް ހުށަހަޅާފައިވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމެންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީއިން ނެރެފައިވާ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޑިސެންބަރު މަހު ސޯޝަލް އެންޑް ފެމެލީ ޑިވޮލަޕްމެންޓް މިނިސްޓްރީއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 85 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
އަދި މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކުޑަކުދީންނަށް އިހުމާލުވުމުގެ 25 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، އޭގެތެރެއިން 14 މައްސަލައަކީ އަންހެން ކުދީންނަށް އިހުމާލުވުމުގެ މައްސަލައެވެ. އަދި ކޮން ކުއްޖެއްކަން ނޭނގޭ ގޮތަށް އެއް މައްސަލަ ހުށަހަޅާފައި ވާއިރު ބާކީ 14 މައްސަލައަކީ ފިރިހެން ކުދީންނާއި ގުޅުންހުރި މައްސަލަތަކެވެ.