ދަރިވަރުންގެ ޕެޓިޝަނާއެކު، އަމިއްލަ ގޮތުން މެއި/ ޖޫންގައި އޭލެވެލް ހަދަން ފުރުސަތު ދެނީ
ސަން
2 ފެބްރުއަރީ 2026 | ހޯމަ | 6:02
މެއި, ޖޫންގައި އޭލެވެލް، އެޑެކްސެލް ހަދަން ފަށަން އެދި ދަރިވަރުންތަކެއް ޕެޓިޝަނެއް ފުރަނިކޮށް، އަމިއްލަ ގޮތުން ޓެސްޓު ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ދޭން ނިންމައިފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
ދެހާސް ނަވާރައަށް ފަހުގައި، މެއި، ޖޫންގައި އެޑެކްސެލް އޭލެވެލް ހެދުން ވަނީ ނިންމާލާފައެވެ. އެގޮތުން، މިހާރު ރާއްޖޭގައި އޭލެވެލް ހަދަނީ، ހަމައެކަނި އޮކްޓޫބަރު، ނޮވެންބަރުގައެވެ.
އޭގެފަހުން މިދިޔަ އަހަރަށް ރާއްޖޭގައި، މެއި، ޖޫންގައި އޭލެވެލް ނުހަދާތާ ފަސް އަހަރު ވަނީ ފުރިފައެވެ.