އިނާޒް އިސްތިއުފާދެއްވުމުން، ޕެންޝަން އޮފީހަށް ޗެއާޕާސަނެއް ހޯދަނީ

ސަން

2 ފެބްރުއަރީ 2026 | ހޯމަ | 6:46

ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީހުގެ ޗެއާޕާސަނެއް ހޯދުމަށް އެ އޮފީހުން މިއަދު އިއުލާނުކޮށްފިއެވެ.

އެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާނުކުރީ، އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އިނާޒް އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ.

އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ، ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައެވެ. އެ މަގާމަށް ކުރިމަތިލެވޭނީ، މި މަހު 16 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.

މައުޟޫޢުތަށް