ޖަޕާނުން ރާއްޖެއަށް ސީއެމްބިއުލާންސެއް ހަދިޔާކޮށްފި

ސަން

2 ފެބްރުއަރީ 2026 | ހޯމަ | 9:56

ސިއްހީ އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަަށް، ސީއެމްބިއުލާންސެއް ހަދިޔާކޮށްފިއެވެ.

މި އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. އަދި ރާއްޖޭގެ ފަރާތުން މި އުޅަނދާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ދިފާއީ ވަޒީރު، ޣައްސާން މަޢުމޫނެވެ.

ދިފާއީ ވުޒާރާއިން ބުނީ ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް" ހިލޭ އެހީގެ ދަށުން ފޯރުކޮށްދި މި ދީލަތި އެހީގެ ސަބަބުން، ރާއްޖޭގެ ރަށްތަކަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައާއި، އެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެކަމަށެވެ.

މައުޟޫޢުތަށް