ޕީއެންސީ ފިޔަވައި އެހެން ޕާޓީތަކުން އެދެނީ، ދެ އިންތިޚާބު އެއްކޮށްލަން ނަގާ ވޯޓު ފަސްކުރަން
ސަން
2 ފެބްރުއަރީ 2026 | ހޯމަ | 7:30
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު، އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބާއެކު ބޭއްވުމުގެ ބަދަލުގައި ފަސްކުރުމަށް، ވެރިކަންކުރާ ޕީއެންސީ ފިޔަވައި ސިޔާސީ ބައެއް ޕާޓީތަކުން މިއަދު އެދިއްޖެއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ރޭ ވަނީ، ލޯކަލް ކައުންސިލު އިންތިޚާބާއެކު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ.
މިއަދު މަޖިލީހުގައި ވަނީ، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމަށް ބަންޑާރަނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތައް ހާޒިރުކޮށްފައިވެއެވެ.