ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި
ސަން
2 ފެބްރުއަރީ 2026 | ހޯމަ | 8:22
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ބޯޓުތައް އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެ ބޯޓުތައް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައީ، އިއްޔެ 14:02 ހާއިރު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ.