އިތުރު ގައިދީއަކު މިއަދު މަރުވެއްޖެ، މި ފަހަރު 45 އަހަރުގެ ފިރިހެނެއް

ސަން

2 ފެބްރުއަރީ 2026 | ހޯމަ | 10:03

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މިއަދު މަރުވެފައި ވަނިކޮށް، އިތުރު ގައިދީއެއްވެސް މިއަދު މަރުވެފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަނުން ބުނީ، މިއަދު މަރުވީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ސ. ހިތަދޫ، ދިއްގާ ގަސްދޮށުގެ 45 އަހަރުގެ ހަސަން ނިޔާޒު ކަމަށެވެ.

އޭނާއަށް މިއަދު މެންދުރު ފަހު، ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ހާއިރު ގެންދިޔަ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް