ޒުވާނުންނަށް ޝާހިދު: މިއީ ދެފުށްފެންނަ ގޮތަށް ބާއްވާ ފަހު އިންތިޚާބަށް ވެދާނެ، ޕީއެންސީއާ ދެކޮޅަށް ވޯޓުލާ

ސަން

2 ފެބްރުއަރީ 2026 | ހޯމަ | 11:32

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދެފުށްފެންނަ ގޮތަކަށް ބާއްވާ ފަހު އިންތިޚާބަށް ވެދާނެ ކަމަށް ވިދާޅުވެ، ޒުވާނުން ވެރިކަން ކުރާ ޕީއެންސީއާ ދެކޮޅަށް ވޯޓުލާން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ގޮވާލައްވައިފިއެވެ.

މިރޭ އެ ޕާޓީން ބޭއްވި ހަރުގެ ޖަލްސާގައި ޝާހިދު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ، ޕީޕީއެމަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުގައި އޮތް ބާރުތައް އަތުލައި، ޚުދުމުހުތާރު ވެރިކަމެއް ބިނާ ކުރުމަށް ކަމަށެވެ. އެގޮތުން، ކޮންމެ ދިމާލަކަށް ބަލައި، މިންކުރިޔަސް ފެންނަނީ، މަރުކަޒު ކުރުމާއި ރައްޔިތުން އަތުން ބާރުތައް އަތުލާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް