ފައިސާ ޗާޕުކޮށްގެން ވެސް ސަރުކާރުން އުޅެނީ ވައްކަންކުރަން، ފުރުސަތު ދީގެން ނުވާނެ: އަބްދުލްޣަފޫރު
ސަން
2 ފެބްރުއަރީ 2026 | ހޯމަ | 11:59
މި ސަރުކާރުން ފައިސާ ޗާޕުކޮށްގެން ވެސް ތައްޔާރު ވަމުން އަންނަނީ ވައްކަން ކުރުމަށް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިރޭ ތުހުމަތުކުރައްވައިފިއެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އަބްދުލްޣަފޫރު ވިދާޅުވީ، ޕީއެންސީން މި ގައުމުގައި ޑިމޮކްރަސީގެ ވާހަކަދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި، ޕީއެންސީން ކުރިހާ ކަމަކީ ވައްކަން ކުރުމެވެ.