ހިތަދޫ ފުލެޓު ސަރަހައްދުގައި ހުރި ސައިކަލުތަކެއްގައި ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ސަން

3 ފެބްރުއަރީ 2026 | އަންގާރަ | 10:51

އައްޑޫ ސިޓީ ހިތަދޫ ފުލެޓު އެގާރަ ސަރަހައްދުގައި ހުރި ސައިކަލުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ހާދިސާގެ މައުލޫމާތު އެމްއެމްޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުނީ، ރޭ ދަންވަރު 04:10 ހާއިރެވެ.

އެ މައުލޫމާތު ލިބުުމުން އެ ސަރަހައްދަށް ގޮސް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލާފައި ވަނީ، ރޭ 04:25 ހާއިރެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ހާދިސާގައި އަނދާފައި ވަނީ، ދެ ސައިކަލެކެވެ.

މައުޟޫޢުތަށް