މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވަނީ

ސަން

3 ފެބްރުއަރީ 2026 | އަންގާރަ | 12:56

މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވާން ފަށައިފިއެވެ.

'ސަން'އިން ސުވާލުކުރުމުން އައިޖީއެމްއެޗުން މިއަދު ބުނީ، ރޯގާގެ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

އެހެންވެ، އެ ހޮސްޕިޓަލުގައި މިދިޔަ މަހު 18ގައި ފުލޫ ކުލިނިކެއް ގާއިމުކޮށްފައިވާއިރު، ޚާއްސަކޮށް ފަހަކަށް އައިސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. ނަމަވެސް، ބަލިތައް އިތުރުވާން ފެށި، ސީދާ ތާރީޚެއް ބުނަން ދަތިކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް