ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ހިތާނީ ކޭމްޕް ނިންމާލައިފި

ސަން

3 ފެބްރުއަރީ 2026 | އަންގާރަ | 2:06

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޚިތާނީ ކޭމްޕް ޑިސެމްބަރު މަހުން ފެށިގެން ޖެނުވަރީ މަހުގެ ނިޔަލަށް ބޮޑު ކާމިޔާބީއަކާއެކު ނިންމާލައިފިއެވެ.

އެ ހޮސްޕިޓަލުން ވަނީ މި ފަހަރުގެ ކޭމްޕުގައި 200 އަށްވުރެ ގިނަ ކުދިން ޚިތާނުކޮށްފައެވެ.

އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ތަޖުރިބާކާރު ސާޖިކަލް އަދި ޔޫރޮލޮޖީ ޓީމަކުން ކަމަށެވެ. ޖުމްލަ ހަ ޑޮކްޓަރުން ހިމެނޭހެން ކުރިއަށްގެންދިޔަ އެ ކޭމްޕުގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމުގައި، ޑރ. މޫމިންއާއި ޑރ. އުކްތަމް އަދި ޑރ. ހުސައިންގެ އިތުރުން ޑރ. ޝަރީފާއި ޑރ. އޯޑާ އަދި ޑރ. އުބައިދު ހިމެނެއެވެ.

މައުޟޫޢުތަށް