ފާޓިލިޓީ ސެންޓަރަށް އެއް އަހަރު: ދެ ކުއްޖަކު އައިވީއެފްއިން އުފަންވިއިރު، 23 މީހަކު ބަލިވެއިން

ސަން

3 ފެބްރުއަރީ 2026 | އަންގާރަ | 8:06

ގައުމީ ދަރިމައިވުމުގެ މަރުކަޒު، ނުވަތަ ނޭޝަނަލް ފާޓިލިޓީ ސެންޓަރުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ޚިދުމަތް ހޯދި އަންހެނުންގެ ތެރެއިން 23 މީހަކު ބަލިވެއިންކަން އެ މަރުކަޒުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފާޓިލިޓީ ސެންޓަރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަރުކަޒުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ މަރުކަޒު ހުޅުވިތާ އަހަރެއްތެރޭ 578 ދެމަފިރިއަކު ވަނީ ޑޮކްޓަރަށް ދައްކައިފައެވެ.

އަދި، ދަރިމައިވުމަށް ދޭ ފަރުވާއެއް ކަމަށްވާ އައިވީއެފް ހެދުމަށް އޭގެ ތެރެއިން 96 މީހުން ހޮވައި 86 މީހެއްގެ ބިސް ނަގައި، 68 އަންހެނެއްގެ މެދުގައި އެމްބްރިއޯ ބަދަލުކުރެވުނު ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.

މައުޟޫޢުތަށް