ކުޑަކުއްޖަކު ލައްވައި ޑުރަގު އުފުލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ސަން

3 ފެބްރުއަރީ 2026 | އަންގާރަ | 8:43

ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، ކުށްކުރުމަށް ބޭނުންކުރި ތުހުމަތުގައި މާލެ ސަރަހައްދުން ދެ މީހަކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކުރީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލެ ސަރަހައްދުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި، ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) އެވެ.

މައުޟޫޢުތަށް