މިދިޔަ 6 އަހަރުގެ ތެރޭގައި ރާއްޖޭގައި ކެންސަރުގެ އާ ކޭސްތައް އެންމެ މަދުން ރެކޯޑުކުރީ މިދިޔަ އަހަރު
ސަން
3 ފެބްރުއަރީ 2026 | އަންގާރަ | 9:27
ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އަލަށް ކެންސަރު ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު އެންމެ ބޮޑަށް ދަށްވެފައިވަނީ މިދިޔަ އަހަރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކެންސަރު ބަލީގެ ރެކޯޑުތަކަށް ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު 137 ކޭސް ރިޕޯޓުކޮށްފައިވާއިރު، 2021 ވަނަ އަހަރު މި އަދަދު ވަނީ 208 އަށް އިތުރުވެފައެވެ.
މި ހަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކެންސަރުގެ އާ ކޭސްތައް ރެކޯޑުކުރެވިފައިވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ޖުމްލަ 244 މީހަކަށް އަލަށް ކެންސަރު ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން 2023 ވަނަ އަހަރު 211 ކޭސް ރެކޯޑުކުރެވުނުއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 195 އަށް ތިރިވެފައެވެ.