"އާންމުކޮށް ގޭހުގެ އުނދަގޫވާ މީހުން، ކެންސަރުން ރައްކާތެރިވުމަށް އެންޑެސްކޯޕީ ހަދާ ޗެކްކުރުން މުހިންމު"

ސަން

3 ފެބްރުއަރީ 2026 | އަންގާރަ | 11:30

ކެންސަރުން ރައްކާތެރިވުމަށް، އާމުކޮށް ގޭހުގެ އުނދަގޫވާ ނަމަ، ޑޮކްޓަރަށް ދައްކައިގެން، އެންޑަސްކޯޕީ ހަދައި ސްކުރީން ކުރުން މުހިންމު ކަމަށް ކޮންސަލްޓަންޓް އިން އޮންކޮލޮޖީ ޑރ. މުޙައްމަދު އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކެންސަރުގެ ހާލަތާއި، އެ ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ޑރ. އަމްރު ވިދާޅުވީ ކެންސަރުން ރައްކާތެރިވުމަށް ދުރާލާ ކުރެވިދާނެ ކަންކަން ވަރަށް ގިނަކަމަށެވެ. އޭގެތެރޭގައި ގަވައިދުން މެޑިކަލް ޗެކަޕް ހެދުން މުހިންމުކަމަށެވެ.

ޑރ. އަމްރު ވިދާޅުވި ގޮތުގައި ހެލިކޯބެކްޓޯހައިލޯ، މިއީ ބަނޑުގެ މައިދާގައި އުފެދޭ ބެކްޓީރިއާއެކެވެ. މީގެ ސަބަބުން ބަނޑުގެ ކެންސަރު ޖެހުމަށް މަގުފަހި ކުރުވައެވެ.

މައުޟޫޢުތަށް