ދުވާފަރާއި އުނގޫފާރު ޚާއްސަ ރޫޓަކުން މާދަމާއިން ފެށިގެން ގުޅާލަނީ

ސަން

4 ފެބްރުއަރީ 2026 | ބުދަ | 11:32

ރ. އަތޮޅުގައި ދެމުން އަންނަ އާރުޓީއެލް ފެރީގެ ޚިދުމަތަށް އާ ރޫޓެއް އިތުރުކޮށް، އެ އަތޮޅުގެ އުނގޫފާރާއި ދުވާފަރު ޚާއްސަ ފެރީއަކުން މާދަމާއިން ފެށިގެން ގުޅާލަން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، މި ނިންމުން ނިންމާފައިވަނީ ރ. އަތޮޅަށް މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދުނު އެދުމަކަށް، ރައީސް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކަމަށެވެ.

މިނިސްޓްރީން ބުނީ، މި އާ އިންތިޒާމުގެ ދަށުން ހުކުރު ފިޔަވައި ކޮންމެ ދުވަހަކުވެސް އުނގޫފާރާއި ދުވާފަރާ ދެމެދު ތިން ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މައުޟޫޢުތަށް