ދުންފަތާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ތަންފީޒު ނުވާނަމަ، ސިއްހީ ނިޒާމު ހަރުދަނާ ނުކުރެވޭނެ: މިނިސްޓަރު

ސަން

4 ފެބްރުއަރީ 2026 | ބުދަ | 11:33

ދުންފަތާ ދެކޮޅަށް މި ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތައް ފަދަ ކަންކަން ތަންފީޒުނުކުރާނަމަ، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަން ކުރާ މަސައްކަތުން ނަތީޖާއެއް ނުނެރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"ތަރުޖަމާނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ބަލިތަކުގެ ވައްޓަފާޅި ހުރި ގޮތުން އެންމެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެނީ ގައިންގަޔަށް ނާރާ ބަލިތަކަށް ކަމަށެވެ. ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހެން އެންމެ ބޮޑަށް މަގުފަހިވާ އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައިވާ ގައުމަކަށް މި ސަރުކާރުގައި ވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މައުޟޫޢުތަށް