މައްސަލަ ބޮޑުވެފައި ވަނިކޮށް ޕެންޝަން އޮފީހުގެ ސީއީއޯ ވެސް އިސްތިއުފާ ދެއްވައިފި
ސަން
4 ފެބްރުއަރީ 2026 | ބުދަ | 11:46
ސަރުކާރުން އެދުނު ގޮތަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރަން އެ އޮފީހުގެ ބޯޑުން ނިންމާފައިވަނިކޮށް, ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ސުޖާތާ ހަލީމް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅުމުން އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
://../217527