ހިޔާ އަލިފާނުގެ ހާދިސާ: 38 އެޕާޓުމަންޓުގެ ނަރުދަމާ ހޮޅި މަރާމާތުކޮށް، ފެން ދޭން ފަށައިފި
ސަން
4 ފެބްރުއަރީ 2026 | ބުދަ | 11:47
މިދިޔަ ހުކުރު ދުވަހު ހިޔާ ޓަވަރު ފަހެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 38 އެޕާޓުމަންޓެއްގެ ނަރުދަމާއާއި ފެން ހޮޅިއަށް ލިބުނު ގެއްލުން މަރާމާތުކޮށް ނިންމައި، އެތަނަށް މިހާރު މީހުންނަށް ވަދެވޭވަރުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު އެމްއެންޑީއެފަށް މި ހާދިސާ ރިޕޯޓުކުރީ، އިއްޔެ 18:33 ހާއިރެވެ. އެ ހާދިސާ ހިނގީ، އެ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާއާއި 14 ވަނަ ފަންގިފިލައާ ދެމެދުގެ ވައިގޮޅީގައި ހުރި އޭސީ އައުޓްޑޯއެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންވެ، އެ ޓަވަރުގައި ހުންނަ ވައި ގޮޅީގައި ހުރި ފެން ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި، މި ހާދިސާގައި 38 އެޕާޓުމަންޓެއްގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެ ޚިދުމަތް މެދުކެނޑުނެވެ. ނަމަވެސް އެޗްޑީސީގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން މިހާރު އެ ހުރިހާ ތަނެއް މަރާމާތުކޮށް، ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދޭން ފަށައިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.