ކެންސަރަށް ފަރުވާކުރަން އަގުބޮޑު ބޭސް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްކަންދެން: ނާޒިމް

ސަން

4 ފެބްރުއަރީ 2026 | ބުދަ | 2:21

ކެންސަރު ބަލި ތަހައްމަލުކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ އަގުބޮޑު ބޭހާއި ޓެސްޓު އާސަންދައިން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެ ކަމަށް، ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކެންސަރު ބަލީގެ ގިނަ ވައްތަރުތަކަކީ ދުރާލާ ޗެކުކޮށް، ކުރީކޮޅު ފަރުވާ ފެއްޓިއްޖެނަމަ އެއްކޮށް ރަނގަޅުކުރެވޭނެ ވައްތަރުތަކެއް ކަމަށާއި، ވެކްސިންގެ ޒަރިއްޔާއިން ކެންސަރުގެ ބައެއް ވައްތަރުތަކުން އެއްކޮށް ރައްކާތެރިކަން ލިބިދޭ ކަމަށެވެ.

ރާއްޖޭގައި ކެންސަރު ބަލި ކޮންޓްރޯލްކުރުމަށްޓަކައި ކުރަމުން އަންނަ ބައެއް ކަންކަމަށް އަލިއަޅުވާލައްވައި ނާޒިމް ވިދާޅުވީ، ކެންސަރު ޖެހިފައިވާ މީހުންގެ ރަޖިސްޓްރީ އިތުރަށް ހަރުދަނާކޮށް، ކެންސަރަށް ސްކްރީންކުރުން ފުޅާކުރުމާއި ކެންސަރުގެ ފަރުވާ ރަށްރަށުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް