ރާއްޖޭގެ ކެންސަރު ބަލީގެ ދަފްތަރުގައި 1،900 އަށްވުރެ ގިނަ މީހުން، ގިނައީ އަންހެނުން
ސަން
4 ފެބްރުއަރީ 2026 | ބުދަ | 2:43
ރާއްޖޭގައި އެކުލަވާލި ކެންސަރު ބަލީގެ ދަފުތަރުގައި ވޭތުވެދިޔަ އަށް އަހަރު 1،900 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވިއިރު، ގިނައީ އަންހެނުން ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ކެންސަރު ބަލީގެ ރިޕޯޓުގައި ބުނީ، ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު އަހަރަކު މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކެންސަރު ޖެހި، ލައްކައަކަށް ވުރެ ގިނަ މީހުން މަރުވާ ކަމަށެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން 2020ވަނަ އަހަރު ނެރުނު ރިޕޯޓާ ހަވާލާދީ އެޗްޕީއޭއިން ބުނީ، ކެންސަރު ޖެހިގެން ރާއްޖޭން ނިސްބަތުން 17 ޕަސެންޓު މީހުން މަރުވާ ކަމަށެވެ.