ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުވުމުގެ ފަސް އަހަރުގެ މަގުޗާޓު އިފުތިތާހުކޮށްފި

ސަން

4 ފެބްރުއަރީ 2026 | ބުދަ | 5:20

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އެކި ދާއިރާތަކުގައި ކަށަވަރުކުރުމަށް އެކުލަވާލި ގައުމީ މަގުޗާޓު މިއަދު އިފުތިތާހުކޮށްފިއެވެ.

މި އަހަރުން ފެށިގެން 2030ވަނަ އަހަރުގެ ނިޔަލަށް ތަންފީޒުކުރާ އެ މަގުޗާޓު އިފުތިތާހުކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.

ސޯޝަލް މިނިސްޓްރީން ބުނީ، މި މަގުޗާޓު އެކުލަވާލުމުގައި އެކި ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން ލިބުނު ކަމަށެވެ. މި މަގުޗާޓުގެ އަލީގައި ފަސް ދާއިރާއަކުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް