ރާއްޖޭގައި މިހާރު ތުރުކީ ސިފައިން އެބަތިބި، ދެން އަންނާނީ އެމެރިކާ ސިފައިން: އެމްޑީޕީ

ސަން

4 ފެބްރުއަރީ 2026 | ބުދަ | 9:13

މި ސަރުކާރުން ވެރިކަމަށް އައީ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ހިންގި ހަރަކާތަކަށް ފަހު ނަމަވެސް، މިހާރު ރާއްޖޭގައި އިންޑިއާއާއި ތުރުކީގެ ސިފައިން ތިބި ކަމަށާއި ދެން އަންނާނީ އެމެރިކާގެ ސިފައިން ކަމަށް، ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމަށް ގޮވާލައި 'އިންޑިއާ އައުޓް' ހަރަކާތް ހިންގުމަށް ފަހު ވެރިކަމަށް އައި މި ސަރުކާރުގައި، މިހާރު ކުރިއަށް ވުރެ ގިނައިން އިންޑިއާ ސިފައިން ރާއްޖޭގައި އެބަ ތިބި ކަމަށެވެ. އޭގެ އިތުރުން، ތުރުކީން ދިން ޑްރޯންތައް ބޭނުންކުރަން ދަސްކޮށް ދޭން ކަމަށް ބުނެ، އެ ގައުމުގެ ސިފައިން ވެސް މިހާރު ރާއްޖޭގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ކުރިއަށް މިއޮތީ އެމެރިކާ ސިފައިން ދިވެހިރާއްޖެއަށް އައުން، ޗާގޯސް ލިބިއްޖެއްޔާ އެ ތަނަކީ އެމެރިކާއަށް ހިބައިން ދޭނެ ތަނެއް ކަމަށް މިހާރު އެ އޮތީ އަޑުތައް އަރައިފައި، އެއީ އެކަން ހިނގާތީ،" އަމީން ވިދާޅުވިއެވެ.

މައުޟޫޢުތަށް