ހިޔާ ފްލެޓެއްގައި ޒުވާބުކޮށް، މަންމަގެ ފޯނު ހަލާކުކޮށްލި ވާދޫ މީހަކު ޖަލަށްލާން ހުކުމްކޮށްފި

ސަން

4 ފެބްރުއަރީ 2026 | ބުދަ | 9:22

ހުޅުމާލޭ، ދެވަނަ ފިޔަވަހީ ހިޔާ ފްލެޓެއްގައި މަންމައާ ޒުވާބުކޮށް، މަންމަގެ ފޯނާއި ޓީވީއެއް ހަލާކުކޮށްލި ފިރިހެނަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، މިދިޔަ އޮކްޓޫބަރު މަހު ހިޔާ ފްލެޓެއްގައި މަންމައާ ޒުވާބުކޮށް، މަންމަގެ ސެމްސަންގް ފޯނަކާއި، ގޭގެ ސިޓިން ރޫމުގައި ހުރި ޓީވީ ހަލާކުކޮށްލި މައްސަލައެވެ.

އެ މައްސަލައިގައި، ގދ. ވާދޫ މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

މައުޟޫޢުތަށް