ފެނާއި ނަރުދަމާގެ ޚިދުމަތް ހަމަހަމަކަމާއެކު ދިނުމަށް، ގައުމީ ސިޔާސަތެއް އިފުތިތާހުކޮށްފި

ސަން

4 ފެބްރުއަރީ 2026 | ބުދަ | 10:06

ސާފު ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށް ސަރުކާރުން އެކުލަވައިލި ސިޔާސަތު މިއަދު އިފުތިތާހުކޮށްފިއެވެ.

"ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" އިފުތިތާހު ކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި އެ ސިޔާސަތުގެ މަގުސަދަކީ ފެނާއި ނަރުދަމާގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ރާއްޖޭގެ ފެންފަށަލަ ރައްކާތެރިކުރުމަށް އޮނިގަނޑެއް އެކުލަވައިލުމެވެ.

މައުޟޫޢުތަށް