ދާއިރާ ރަނގަޅަށް އެނގޭނީ ޑަބްލިޔުޑީސީއަށް، އެއީ ''އެއްވެސް ބަޔެއް ނޫން'' ކަމަށް ދެކުން ހުއްޓާލަން ޖެހޭ: ސާޖިދާ

ސަން

4 ފެބްރުއަރީ 2026 | ބުދަ | 10:47

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ މެންބަރުންނަކީ އެއްވެސް ބަޔެއް ނޫން ކަމަށް ދެކުން ހުއްޓާލަން ޖެހޭ ކަމަށާއި، އެ ކޮމިޓީއެއް މަސައްކަތް ކުރާ ދާއިރާއެއްގެ މީހުންގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގޭނީ ޑަބްލިޔުޑީސީއަށް ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ޑަބްލިޔުޑީސީއަށް ވާދަކުރާ އާޝިޔަތު އަލައިކާގެ ކެމްޕެއިން އޮފީސް މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ، އަންހެނުންނަށް ދިމާވާ އެކި ގޮންޖެހުންތަކާ ގުޅޭ ގޮތުން ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންގެ ބަސް ހިމެނޭނީ ސީދާ އަންހެނުން ގޮސް އެ މައުލޫމާތު ފޯރުކޮށްދިނުމުން ކަމަށެވެ. ޑަބްލިޔުޑީސީއެއް އޮންނަން ޖެހޭނީ އެހެންވެ ކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ ބޭފުޅުން، މިއީ ކީއްކުރާ ކޮމިޓީއެއްހެއްޔޭ، މި ތަނުން ކީއްހޭ ކުރާނީ، އެއްގޮތަކަށް ވެސް މިގޮތަށް އަޅުގަނޑުމެން ވިސްނައިގެން ނުވާނެ، އެއީ އަންހެނުން އަންހެނުންނަށް ބާރުވެރި ކުރެވޭނީވެސް،" ސާޖިދާ ވިދާޅުވިއެވެ.

މައުޟޫޢުތަށް