ސުލްހަ ދެމެހެއްޓޭނީ، ޖަވާބުދާރީވަނިވި ވެރިކަމެއްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ހޯދައިގެން: ނާޒިމް

ސަން

4 ފެބްރުއަރީ 2026 | ބުދަ | 11:23

ގައުމެއްގައި ސުލްހަ ދެމެހެއްޓޭނީ، ޖަވާބުދާރީވަނިވި ވެރިކަމެއްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ހޯދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ނާޒިމް ވަނީ، އިއްޔެ ޕާކިސްތާނުގައި ފެށި ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވައިފިއެވެ. އޭނާ ތަގުރީރު ކުރެއްވީ "ސުުލްހައާއި ދީމިގްރާތީ އިތުބާރު: ސުުލްހަވެރިކަން ގާއިމުކުރުމުގެ އިންޖީނެއްގެ ގޮތުގައި ގާނޫނުހަދާ މަޖިލިސްތައް" އެ މައުޟޫޢަށެވެ.

ނާޒިމް ވިދާޅުވީ، ސުުލްހައަކީ ހަމައެކަނި ހަނގުރާމައެއް ނެތުން ނޫން ކަމަށާއި، އެއީ ހާމަކަން ބޮޑު، ހުރިހާ އެންމެން ޝާމިލުވާ، އަދި ޖަވާބުދާރީވަނިވި ވެރިކަމެއްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ހޯދައިގެން ދެމެހެއްޓޭނެ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް