އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި މަސް ކޭސް ދޫކުރާނީ މިފްކޯ ފިހާރައިން

ސަން

4 ފެބްރުއަރީ 2026 | ބުދަ | 11:57

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސްތައް މާލެ ސަރަހައްދުގައި 15 ތަނަކުން ދޫކުރަމުން އައި ނަމަވެސް، އަންނަ ހަފުތާގެ ބުރާސްފަތިން ފެށިގެން ދޫކުރާނީ އެންމެ ތަނަކުން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މިއީ މަސްކޭސް ދޫކުރާ ދެވަނަ އަހަރެވެ. މިއަހަރު މަސްކޭސް ދޫކުރަން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ. އެރޭ އެކަނިވެސް 4،196 ކޭސް ދޫކުރިއެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން އިންތިޒާމުކޮށްގެން، މާލެ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސް ކޭސް ބަހަމުންދެއެވެ. އެއީ، މާލޭގެ އަށް މަރުކަޒާއި ވިލިމާލޭގެ މަރުކަޒަކާއި ހުޅުމާލޭގެ ހަ މަރުކަޒެއްގައެވެ.

މައުޟޫޢުތަށް