ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް މާލޭގައި ޚާއްސަ ހަފްލާއެއް ބާއްވައިފި

ސަން

5 ފެބްރުއަރީ 2026 | ބުރާސްފަތި | 12:20

އަވައްޓެރި ސްރީލަންކާގެ 78ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގެ ބާސެލޯ ނަސަންދުރާ ހޮޓަލުގައި ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރުގެ އިތުރުން، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި، ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހަފްލާގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ސްރީލަންކާއަކީ ގިނަ ދިވެހީންގެ "ދެވަނަ ގެ" ފަދަ ތަނެއް ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް، އާއިލީ ގުޅުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް