ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަދަނީ

ސަން

5 ފެބްރުއަރީ 2026 | ބުރާސްފަތި | 11:42

ސިވިލް ސާވިސްގައި މަސައްކަތް ކުރާ, ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި މަސައްކަތް ކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ރިޔާސީ ބަޔާން އިއްވަވަމުން، އެ މަނިކުފާނު ވިދާޅުވީ، އެ ފުރުސަތު އަންނަ މާރިޗު މަހުން ފެށިގެން ލިބޭނެ ކަމަށެވެ. ނަމަވެސް، އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނު ނުދެއްވައެވެ.

އެ ފުރުސަތު ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބެލެހެއްޓުމުގައި ބެލެނިވެރިންނަށް އެތައް ވަގުތެއް ބޭނުންވެއެވެ. މިގޮތުން، ސިވިލް ސާވިސް ވަޒީފާ އަދާކުރާ މީހުންނަށް އެ ވަގުތުތަކުގައި ކުދިންގެ ކަންކަން ބަލަހައްޓާނެ މީހަކު ނެތުމުން ދަތިތައް ކުރިމަތިވެއެވެ.

މައުޟޫޢުތަށް