އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް، ގޯއްޗަށް ކުރިމަތިލެވޭ ގޮތް ހަދަނީ

ސަން

5 ފެބްރުއަރީ 2026 | ބުރާސްފަތި | 12:40

ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދިނުމުގެ ގޮތުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް، ގޯއްޗަށް އެދި ކުރިމަތިލުމަށް ވަކި ކެޓަގަރީއެއް ހަދަން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާންކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފައްޓަވައިދެއްވައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ އާންމުކުރި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަން އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލެވޭ ވަކި ކެޓަގަރީއެއް ހަދާނެ ކަމަށެވެ.

އޭގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ މީހުން އެ މީހުންނަށް ލިބިފައިވާ ގޯތި ދޫކުރަން އެއްބަސްވެއްޖެނަމަ، ކޮންމެ މީހަކަށް ވަކިން ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓަގަރީއެއް ހުޅުވާލަން ވެސް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް