9 ފަތުރުވެރިންނާއެކު ލޯންޗެއް ބަންޑުން ޖަހާލައިފި
ސަން
5 ފެބްރުއަރީ 2026 | ބުރާސްފަތި | 1:39
ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް, ކ.ގުޅީފަޅު ކައިރިއަށް ބަންޑުންޖަހާލި ލޯންޗެއްގައި ތިބި މީހުން މިއަދު ސަލާމަތް ކޮށްފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ "ބުލެޓް ސްޕީޑް" ނަމަކަށްކިޔާ މި ލޯންޗުން ދަތުރުކުރަމުންދިޔަ ނުވަ ފަތުރުވެރީންނާއި، ދެ ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށް ކަމަށެވެ.
އޭގެފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބާކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު ހެނދުނު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.