ފުވައްމުލަކަށް ޑުރަގު އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި 72 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ސަން
5 ފެބްރުއަރީ 2026 | ބުރާސްފަތި | 3:41
ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި އެ ސިޓީއަށް ނިސްބަތްވާ އުމުރުން 72 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި ފިރިހެން މީހާ ހައްޔަރުކުރީ ފުވައްމުލަކާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ, ފުވައްމުލައް ސިޓީ / ފުނާޑު. އެލީނާ، އުމުރުން 72 އަހަރުގެ މުޙައްމަދު މޫސާއެވެ.