ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ހުޅުމާލޭގައި ސެޕްޓެމްބަރު މަހު ފަށަނީ

ސަން

5 ފެބްރުއަރީ 2026 | ބުރާސްފަތި | 10:04

ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ނުވަތަ "ގްރޭންޑް މޮސްކް" ހުޅުމާލޭގައި ބިނާކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ހާމަކުރައްވައިފިއެވެ.

މިނިސްޓަރު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި މަޝްރޫޢުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރުގައި ކަމަށެވެ. އެއީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ނުވަތަ "ގްރޭންޑް މޮސްކް"ގެ ކުރެހުމެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މައުޟޫޢުތަށް