ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް, މިފަދަ ހޭދައެއްގެ ސަބަބުން ސުވަރުގެ ވަނުމުގެ ނަޞީބު ލިބިގެންވޭ: ޚުތުބާ

ސަން

6 ފެބްރުއަރީ 2026 | ހުކުރު | 1:27

ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް ކަމަށާއި ތިމާ ކުރާ މިފަދަ ހޭދައެއްގެ ސަބަބުން ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަޞީބު ލިބިގެންވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މި ދުވަސްވަރު ރާއްޖޭގެ ހޮސްޕިޓަލްތަކަށް ލޭ ލިބުން ދަތިވެފައިވާއިރު މިއަދުގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައިވަނީ "ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް!" މި މައުޞޫގެ މައްޗަށެވެ.

ޚުތުބާގައި ބުނީ ހެޔޮ ޢަމަލުކުރުމުގެ މަގުތައް ތަނަވަސްވެގެންވާ ކަމަށާއި މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި ޞަދަޤާތްކުރުމަކީ، ދަރުމަހުރި ކަންކަން ކަމަށެވެ. އެންމެ ކުޑަމިނުން އުފާވެރި މޫނަކައިގެން މީހުންނާ ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމީ ވެސް ކުރެވޭ ޞަދަޤާތެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މައުޟޫޢުތަށް